ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން އެ މަގާމުން ރިޓަޔާކުރައްވަން ނިންމަވައި، އެކަން ރަސްމީކޮށް ހުށަހަޅުއްވައިފިއެވެ.
ނަވީން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުއްލި ގޮތަކަށް މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެން މިދިޔަ އަހަރުގެ ޖޫން މަހުއެވެ.
ނަވީން ރިޓަޔާކުރައްވަން މިއަދު ހުށަހެޅުއްވިކަން ކަށަވަރުވީ ނަމަވެސް، އޭނާ ރިޓަޔާކުރައްވާ ސަބަބެއް ސާފެއް ނުވެއެވެ.
ނަވީން ރިޓަޔާކުރައްވަން ނިންމަވާފައިމިވަނީ، ފުލުހުންގެ ވެލްފެއާ ކުންފުނި ”ޕޮލްކޯ“ އާ ގުޅުންހުރި ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި އޭނާއާއެކު ފުލުހުންގެ އިސް ހަތް އޮފިސަރަކު ސަސްޕެންޑްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ލަފާދީފައިވާ ދަނޑިވަޅެއްގައެވެ.




ގުޅުންހުރި
ސީޕީ ނަވީނާއި އިސް އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ހުށަހަޅަނީ
ޒަކިއްޔާގެ މަރު: ދައުވާކުރަން އެދުނު ފުލުހުންގެ ތެރޭގައި ސީޕީ ނަވީން!
ސަލާމަތީ ދެ ބާރުގެ ވެރިން ބައްދަލު ކުރައްވައިފި، ރައްކާތެރިކަން ކަށަވަރުމަށް މަޝްވަރާ
ސީޕީގެ މަގާމަށް ނަވީން އައްޔަންކޮށްފި