ރަޝިއާގެ އިންޓަނެޓް ރެގިއުލޭޓަރު ރޮސްކޮމްނާޑްޒޯ އިން އެ ކުންފުނީގެ ޑީއެންއެސް ސާވާތަކުން ”ޔޫޓިއުބް.ކޮމް އަދި ވަޓަސް އެޕް“ އުނިކޮށް، އެ ދެ ޚިދްމަތް ބުލޮކްކޮށްފިއެވެ.
ރަޝިއާގެ އިންޓަނެޓް ރެގިއުލޭޓަރު ރޮސްކޮމްނާޑްޒޯ އިން މި ނިންމި ނިންމުމާއިއެކު ދެން ވީޕީއެން ނެތި “ ޔޫޓިއުބް.ކޮމް އަދި ވަޓަސް އެޕް“ އަށް ސީދާ ނުވަދެވޭނެއެވެ.
މިއާއިއެކު ރަޝިއާ ސަރުކާރުން ވަނީ މެސެޖިން އެޕް ޓެލެގްރާމްއާ ދެކޮޅަށްވެސް ކެމްޕޭނެއް ފަށައިފަ އެވެ.
އިންޓަރނެޓްގެ ޚިދްމަތް ފޯރުކޮށްދޭ ބައެއް ކުންފުނިތަކުން ބުނެފައިވާގޮތުގައި ވީޕީއެން ބޭނުންކޮށްގެން ރަޝިއާގައި ޔޫޓިއުބަށް ވަދެފައިވާ މީހުންގެ އަދަދު ނިސްބަތުން ވަރަށްބޮޑަށް ދައްވެފައިވާ ކަމަށާއި، ވީޕީއެން ބޭނުން ކުރިޔަސް ކަނެކްޝަންގެ މައްސަލަތައް މިހާރު ދިމާވާ ކަމަށެވެ.
އެހެންކަމުން ރަޝިޔާގެ މުވާސަލާތީ ކުންފުނިތަކަށް މިހާރު މަޖުބޫރުވަނީ ބައިނަލްއަގުވާމީ ޑޮމެއިން ރަޖިސްޓްރާތަކުގެ ބަދަލުގައި، ސަރުކާރުން ކޮންޓްރޯލްކުރާ މި ނިޒާމު ބޭނުންކުރާށެވެ. މީގެ ސަބަބުން ވަކިވަކި ވެބްސައިޓްތަކަށް ވަނުން މަނާކުރުމުގެ ފުރިހަމަ ބާރު ސަރުކާރަށް ލިބިދީފައިވާކަމަށް އެފަރާތްތަކުންވަނީ ބުނެފައެވެ.
އަދި މިބަދަލުތަކާއި އެކު އެންޑީއެންއެސް އިން ދާދި ފަހުން 13 ޑޮމެއިން ނަން އުނިކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ޑީޑަބްލިއު، ބީބީސީ، ރޭޑިއޯ ލިބަޓީ، ފޭސްބުކް އަދި އިންސްޓަގްރާމް ހިމެނެ އެވެ.
ރަޝިޔާގައި ވީޕީއެން ބޭނުންކުރުމާއި އިންޓަނެޓުން ”ހަރުކަށި މައުލޫމާތު“ ހޯދުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ. އެހެންކަމުން އެފަދަ މައުލޫމާތު އިންޓަރނެޓްގައި ސާޗް ކުރުމާއި ވީޕީއެން ބޭނުންކުރުމުން 5،000 ރުބަލް (ގާތްގަނޑަކަށް 55 ޔޫރޯ ނުވަތަ 65 ޑޮލަރު) އިން ޖޫރިމަނާ ކުރަން މިދިޔަ އަހަރު ރަޝިޔާ ސަރުކާރުންވަނީ ގާނޫނެއް ފާސްކޮށްފައެވެ.




ގުޅުންހުރި
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
ދަރުސް ދެއްވުމަށް މާލެ ވަޑައިގެން އުޅުއްވާ ޝެއިހް އިބްރާހީމްގެ ހާލު ގޯސްވެ
ބާޒާރުމަތީ މަގު މާދަމާ އާންމު ދަތުރުފަތުރަށް ހުޅުވާލަނީ
ސީޕީ ނަވީން ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި
ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވެ އުޅޭ މީހަކު ހައްޔަރުކޮށްފި
ސޮޓޮކް މަދުވުމުން 20 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ނެރެފި