ހުޅުމާލޭގައި ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި، އޭނާ މަރުވެއްޖެ އެވެ.
ފުލުހުން ބުނީ، މިއަދު 11:05 އެހާކަންހާއިރު ރިޕޯޓް ކުރި އެ ހާދިސާގައި ޕިކަޕު ދަށުވެގެން މަރުވީ 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާގެ ތަފުސީލެއް އަދި ނޭނގެ އެވެ.
ފުލުހުން ބުނީ، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.



