ފެނަކަ ކޯޕަރޭޝަންގައި ހިންގި ކޮރަޕްޝަން މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒުކުރަމުންގެންދާ ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވަގުތީގޮތުން ގޭބަންދަށް ބަދަލުކޮށްފިއެވެ.
ފެނަކަ އާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު 2018 ވަނަ އަހަރުވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް 2019 ވަނަ އަހަރު ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ މައްސަލައިގައި ކުރިމިނަލް ކޯޓުގައި ސައީދުގެ މައްޗަށް ދައުލަތުން ވަނީ 26 ޑިސެމްބަރު 2024 ގައި ދައުވާކޮށްފައެވެ.
އެ މައްސަލައިގައި ކުރިމިނަލް ކޯޓުން ވަނީ ސައީދުގެ މައްޗަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމް އޭނާގެ މައްޗަށް އިއްވާފައިވަނީ ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.
ކަރެކްޝަނަލް ސާވިސަސް އިން ބުނީ ސައީދު ވަގުތީގޮތުން އިއްޔެ ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލަތުގެ ސަބަބުން ކަމަށެވެ.
ސައީދު މީގެ ކުރިން ވަނީ ސިއްހީ ފަރުވާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވެސް އެދިފައެވެ.




ގުޅުންހުރި
މަރުވި ދެ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
ގައިދީންނާއި އޮފިސަރުން ވެގެން ހިންމަފުށީ ސްކޫލަށް 130 މޭޒު ޖަހައިދީފި
ހުޅުމާލޭ ޖަލުގެ އިތުރު ގައިދީއަކު މަރުވެއްޖެ
ހާލު ދެރަވެގެން ފަރުވާ ހޯދަމުންދިޔަ ގައިދީއަކު މަރުވެއްޖެ
ކޮވިޑް ކޮރަޕްޝަންގެ މައްސަލައެއްގައި ރިޝްވާނަށް ދައުވާކުރުމަށް ޕީޖީއަށް
ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފުކޮށްފި