ޕޮލިސް ކޮމިޝަނަރުގެ މަގާމުން އިސްމާއިލް ނަވީން ރިޓަޔާކުރައްވައިފިއެވެ.
ނަވީން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުއްލި ގޮތަކަށް މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެން މިދިޔަ އަހަރުގެ ޖޫން މަހުއެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ނަވީން ވަނީ ރިޓަޔާކުރެއްވުމަށް ހުށަހަޅުއްވައިފައެވެ. ނަމަވެސް ރިޓަޔާކުރައްވަން ހުށަހެޅުއްވި ސަބަބެއް ވިދާޅެއް ނުވެއެވެ.
ނަވީން ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިއީ 32 އަހަރުގެ ދިގު ހިދުމަތަށްފަހު، ރިޓަޔާމަންޓުގެ ފުރަތަމަ ދުވަސް ކަމަށާއި ފުލުހުންގެ ހިދުމަތުން ވަކިވެވަޑައިގެންނެވީ މީގެ އަހަރުތަކެއް ކުރިން ހިދުމަތާ ގުޅުނުއިރު ވެސް ހިތުގައި އޮތް ފަދަ މާތް މަގުސަދަކާއި އަޒުމަކާއެކުގައި ކަމަށެވެ.
”އެއީ ޔުނީފޯމާއި ބެޖަށް އޮތް ފުރިހަމަ އިހުތިރާމާއި، މުއައްސަސާއަށް އޮތް އިތުބާރާއި، އަދި ގައުމަށް އޮތް މަތިވެރި ލޯތްބާއެކުގައެވެ. ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ،“ ނަވީން ވިދާޅުވިއެވެ.
ނަވީން ރިޓަޔާކުރައްވާފައި މިވަނީ، ފުލުހުންގެ ވެލްފެއާ ކުންފުނި ”ޕޮލްކޯ“ އާ ގުޅުންހުރި ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި އޭނާއާއެކު ފުލުހުންގެ އިސް ހަތް އޮފިސަރަކު ސަސްޕެންޑްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ލަފާދީފައިވާ ދަނޑިވަޅެއްގައެވެ.




ގުޅުންހުރި
ބްރައިޓްމައިންޑްސްގެ ވެރިޔާއަށް ކުރަނީ ދެ އަހަރުވަންދެން ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު
ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފި
ސީޕީ ނަވީން ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި
ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވެ އުޅޭ މީހަކު ހައްޔަރުކޮށްފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރުކޮށްފި
ގްރޫމްކޮށް ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި