ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުމުން، ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހޯމް މިނިސްޓަރު އަލީ އިހުސާން ހަވާލުކުރައްވައިފި އެވެ.
އިހުސާންއާ ހަވާލާދެއްވައި އެކަން ހާމަކުރެއްވީ ފުލުހުންގެ މީޑިއާ އިންނެވެ.
ފަރުހާދަކީ، ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރިލް މަހު ކުއްލި ގޮތަކަށް ރިޓަޔާ ކުރެއްވުމުން ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ. ދެން ކުރިމަތިލެއްވީ ނަވީން އާއި އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު ޝަމީމު އެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ނަވީން އެ މަގާމަށް އައްޔަންކުރެއްވުމަށެވެ.
ފުލުހުންގެ ހިދުމަތުގައި 32 އަހަރު ހިދުމަތް ކުރެއްވުމަށްފަހު، އެ މުއައްސަސާއިން ނަވީން ރިޓަޔާ ކުރެއްވީ އިއްޔެ އެވެ. ނަވީން، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ރިޓަޔަކުރެއްވުމަށް ފަހު، ނަވީން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ ހިދުމަތުން މިއަދު ވަކިވެވަޑައިގަތީ މީގެ ގާތްގަނޑަކަށް 32 އަހަރުގެ ކުރިން އެ ހިދުމަތާ ގުޅުނު ގޮތަށް، ފުލުހުންގެ ބެޖަށް އޮތް އިހުތިރާމާއި މުއައްސަސާއާ މެދު އޮތް އިތުބާރާއި ގައުމަށް އޮތް ލޯބި އެގޮތުގައި އޮތުމުން ކަމަށެވެ.




ގުޅުންހުރި
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!
”ރާޔާ މާލެ“: މިއީ ސްކޭމެއް!
އޮޅުވާލައިގެން ފައިސާ ހޯދައި، މަނީ ލޯންޑާ ކުރަމުންދިޔަ ބަންގްލަދޭޝް ގުރޫޕެއް އަތުލައިގެންފި