މީހަކު ރަހީނުކޮށްގެން ގެންގުޅެ، އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިގްބާލް މިއާ ނަމަކަށް ކިޔާ 35 އަހަރުގެ މީހެކެވެ. އޭނާއަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ މީހެކެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރެއްގައިވާ ގޮތުން، އޭނާ ރަހީނުކޮށްގެން ގެންގުޅެފައިވަނީ ބިދޭސީއެކެވެ. އަދި އޭނާ ކުށް ކުރި ކަމަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅައިފައިވާ ކަމަށް ބަންދު އަމުރުގައިވެ އެވެ.
މި މައްސަލައިގައި އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަވެދާނެ ކަމަށް ފެންނާތީ، ކޯޓުން ވަނީ އިއްޔެ އިން ފެށިގެން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ.



