ދިވެހިންގެ އެހީގައި ފަލަސްތީނުގެ ގާޒާގައި އިތުރު ވަގުތީ މިސްކިތެއް ބިނާކޮށްފި އެވެ.
މި މިސްކިތް ބިނާކޮށްފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދޭ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ ހިދުމަތް ޖަމިއްޔާ އިންނެވެ. މިއީ އެ ޖަމިއްޔާ އިން ގާޒާގައި ބިނާކުރި ހަތްވަނަ ވަގުތީ މިސްކިތެވެ.
ހިދުމަތް ޖަމިއްޔާ އިން ބުނި ގޮތުގައި ގާޒާގައި ދިރިއުޅޭ މުސްލިމު އަހުންނާއި އުހުތުންނަށް ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބިނާކުރި އެ މިސްކިތުގައި ރޭ ވަނީ ނަމާދުކުރަން ފަށައިފަ އެވެ. އަދި މިސްކިތުގައި ކުޑަކުދިންނަށް ޤުރުއާން ކިޔަވައިދިނުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
ހިދުމަތް ޖަމިއްޔާ އިން ބުނީ، އެ ޖަމިއްޔާގެ ޓީމުން ގާޒާގައި ކުރަމުންދާ މަސައްކަތްތަކަކީ ނުހަނު ބުރަ އަދި ނުރައްކާތެރި މާހައުލެއްގައި ކުރަމުންދާ މަސައްކަތެއް ކަމަށެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް ވަރަށް ހިތްވަރާއެކު މި އިންސާނީ ހިދުމަތުގައި ދެމި ތިބެ، ދިވެހިންގެ އެހީތެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާނެ ކަމަށް ބުންޏެވެ.




ގުޅުންހުރި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ތި ހެދީ ދޮގެއް – އަދިވެސް ދޮގުހަދާނަން؟
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް، 80 ޕަސަންޓުން ކާމިޔާބުވާނެ: އާދަމް