ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ފަރާތްޕުޅުން ދެއްވާ ރޯދަވީއްލުމުގެ ޕްރޮގްރާމް ރާއްޖޭގައި ރަސްމީކޮށް މިއަދު އިފުތިތާހުކޮށްފި އެވެ.
މިއީ ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖޭގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
މިއަހަރުގެ ހަރަކާތް އިފުތިތާހު ކޮށްދެއްވީ މިއަދު ހަވީރު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި ރަސްމިއްޔާތުގައި ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަހްޠާނީ އަދި ސައުދީގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސް ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ޕްރޮގްރާމްގެ ދަށުން ރޯދަމަހުގެ ކޮންމެ ދުވަހަކު 150 މީހުންނަށް ރޯދަވީއްލުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.



