އެމްބިއުލާންސަކަށް ޖާގަ ނުދީ ޕިކަޕަކުން މުދާ ހުސްކުރަން މަޑުކޮށްގެން އޮތް މައްސަލައެއް ބަލަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ހަނި މަގެއްގައި ކުޑަ ޕިކަޕެއް މަޑުކޮށް މުދާ ހުސްކުރަމުންދާ އިރު، ފަހަތުން އެމްބިއުލާންސް ސައިރަން އަޅަމުންދާ އަޑު އިވެއެވެ.
މުދާ ހުސްކުރުމަށްފަހު އެ ޕިކަޕު ދުއްވާލީ ކުޑައިރުކޮޅެއް ފަހުންނެވެ. އަދި އެ ޕިކަޕުގެ ފަހަތުގައި އިތުރު ޕިކަޕްތަކާއި ކާރެއް އަދި ސައިކަލުތައް ވެސް އެމްބިއުލާންސްގެ ކުރިއަށް އޮވެއެވެ.
އެކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށާއި ކަން ހިނގާފައިވާ ގޮތް ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ނަމަ، މިނިސްޓްރީން އެ ފަރާތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.




ގުޅުންހުރި
އެމްބިއުލާންސަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރު ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި
ޓެކްސީ ސެންޓަރު ރަޖިސްޓަރީކުރަން ލުއިތަކެއްދީ، އިސްލާހުތަކެއް ގެނެސްފި
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ކަމަށް ބުނި ދެ ތާރީހުގައި ވެސް
މާލޭ މަގުތަކުން ވިިއްކާފައިވާ ޕާކިން ސްލޮޓްތައް އުވާލައި، އެ ތަންތަން އާންމުންނަށް
60 އަހަރުވުމުން ހާއްސަ ލައިސެންސެއް ނަގަންޖެހޭ ގޮތަށް ހަދައިފި، ކާރެއް ނުދުއްވޭނެ!
ދަތުރުފަތުރުގެ ދާއިރާގައި ހިނގާ އެކްސިޑެންޓުތައް ތަހުގީގުކުރަން ވަކި އިދާރާއެއް!