ބޭނުންކޮށްފައި ހުންނަ ޕޮލިއެތިލީން ޓެރަތަޔަލޭޓް (ޕެޓް) ފުޅިތަކުގައި ކާބޯތަކެތި ބަންދުނުކުރުމަށް އަންގައިފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން، ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް، ވިޔަފާރީގައި ބޭނުންކުރަމުންދާކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ފުޅިތަކަކީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާގޮތަށް ވަކިވައްތަރެއްގެ ޕްލާސްޓިކް (ޕޮލިއެތިލީން ޓެރަތަޔަލޭޓް) ނުވަތަ ޕެޓް އިން ތައްޔާރުކޮށްފައިވާ ފުޅިތަކެއް ކަމަށާއި އަދި އެއީ ހަމައެކަނި ވަކި ކަހަލަ އުފެއްދުންތަކަކަށް ބޭނުންކުރެވޭ ޕްލާސްޓިކްގެ ބާވަތަކަށްވާ އިރު، ބާޒާރުގައި ތަފާތު އެކި ބާވަތްތަކުގެ ބުއިންތައް އެ ފުޅީގައި ބަންދުކުރާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
އެމްއެފްޑީއޭ އިން ބުނީ އޭގެ ސަބަބުން ފުޅިން ޕްލާސްޓިކްގެ އަސަރު ކާބޯތަކެއްޗަށް ކުރުވައި އޭގެ ޒަރީއާއިން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށާއި އެހެންކަމުން ބޯފެނާއި ލުއިބުއިންތައް ހުސްކުރި ޕެޓް ފުޅިތައް ކާބޯތަކެތި ބަންދުކުރުމަށް ބޭނުންނުކުރުމަށް އަންގާ ކަމަށެވެ.
އިތުރު މައުލޫމާތު ހޯދުމަށް އެ އޮތޯރިޓީގެ ނަންބަރު 3034213 ނުވަތަ 7603204 ފޯނަށް ގުޅުމަށް އެމްއެފްޑީއޭ އިން އެދެއެވެ.




ގުޅުންހުރި
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ރަޖިސްޓްރޭޝަން ފީ 50 ޕަސަންޓަށް ކުޑަކޮށްފި
ކުޑަކުދީންނަށް ދޭ ފޯމިއުލާއަކުން ޖަރާސީމު ފެނިގެން ވިއްކުން މަނާކޮށްފި
ފެނަކައިން ފުވައްމުލަކުގައި ދޫކުރާ ފެން ރައްކާތެރި: އެމްއެފްޑީއޭ
ޔޫރަޕް ކޮލިޓީގެ 7 ބޭހެއް އެސްޓީއޯއިން ވިއްކަން ފަށައިފި
ރާއްޖެއަށް އެތެރެކުރާ ބުއްފުޅިއާއި ބުއްފުޅީގެ ތުން ރަޖިސްޓްރީ ކުރަން އަންގައިފި