މަގުގެ އެއްކޮޅުން އަނެއްކޮޅަށް ދުއްވާލައި، މަގުތަކުގައި ހަރުކޮށްފައިވާ ބެނާތައް ކިޔައިލުމުން މި ސަރުކާރުން ގެނެސްދީފައިވާ ތަރައްގީ އެނގިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕޭނަށް ޕީއެންސީގެ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕޭނު ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާފިއު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަމަށް ގެންނެވީ އެ މަނިކުފާނުގެ ސިޔާސަތާއި ގައުމު ކުރިއަރުވަން ބޭނުންވާ ގޮތާއި އެ ވިޝަން ރައްޔިތުންނަށް ރަނގަޅުވެގެން ކަމަށެވެ.
ވެރިކަމަށް ގެނައުމަށްފަހު މުއައްސަސާތަކުން އުނދަގޫތައް ކުރިމަތިކުރުވާ ނަމަ، ސިޔާސަތުތައް ތަންފީޒުކުރުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށާއި އެހެންކަމުން ރައީސަށް އެއްބާރުލުންދޭނެ ކައުންސިލުތަކެއް ކޮންމެހެން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ މަގުގެ އެއްކޮޅުން އަނެއްކޮޅަށް ދުއްވާލައި، މަގުތަކުގައި ހަރުކޮށްފައިވާ ބެނާތައް ކިޔައިލުމުން މި ސަރުކާރުން ގެނެސްދީފައިވާ ތަރައްގީ އެނގިގެންދާނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ތަންކޮޅެއް މަޑުން ދުއްވާލާފައި ދިއުމުން ގެނެސްދިން ތަރައްގީ އެނގިގެންދާނެ ކަމަށެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ރައީސް ތަރައްގީކޮށްދެއްވާފައިވާ ކަމަށާއި އެ މަގުގެ ފުރިހަމަ ފައިދާ ހޯދުމަށް، އެ މަގު ހަވާލުކުރަންވާނީ ޕީއެންސީގެ ކައުންސިލަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




ގުޅުންހުރި
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް، 80 ޕަސަންޓުން ކާމިޔާބުވާނެ: އާދަމް
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
އިންތިޚާބަކާ ނުލާ ވެރިކަންކުރާ ޕާޓީ ޕީއެންސީއަށް 69 ގޮނޑި ކަށަވަރުވެއްޖެ
ޕީއެންސީ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުންދީފި
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް