މިދިޔަ 10 ދުވަސްތެރޭ ލައްކައަކަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 418،034 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 381،870 ޓޫރިސްޓުންނަށްވުރެ ނުވަ ޕަސެންޓް އިތުރު އަދަދެކެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ފަސް ގައުމު:
- 1. ޗައިނާ: 67،185 ޓޫރިސްޓުން
- 2. ރަޝިއާ: 46،636 ޓޫރިސްޓުން
- 3. އިޓަލީ: 40،345 ޓޫރިސްޓުން
- 4. ޔޫކޭ: 38،162 ޓޫރިސްޓުން
- 5. ޖަރުމަން: 24،980 ޓޫރިސްޓުން.
ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި 190،836 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.




ގުޅުންހުރި
ފަސް އަހަރަށްފަހު ޝަންގްރިއްލާ އަލުން ހުޅުވައިފި
ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ހަދަން އާރަށަށްވުރެ ބޮޑު ބިމެއް!
ހަންކެޑެގެ ސައިޒު 11.78 ހެކްޓަރަށް ބޮޑުކޮށް، އަލުން ޓޫރިޒަމަށް ހުޅުވާލައިފި
މާފަރުގެ އިހުތިސޯސުން ފަރުމުލި ވަކިކޮށް، ޓޫރިޒަމަށް ހުޅުވާލައިފި
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނިހާދު ސަސްޕެންޑްކޮށްފި
ޓޫރިސްޓު ވިސާގައި ރާއްޖެ އެތެރެވެ ވިޔަފާރިކޮށް، މަގުމަތީގައި ނިދާ ޓޫރިސްޓަކު ހިފަހައްޓައިފި