މެކްސިކޯގެ ޑްރަގް ވިޔަފާރިކުރާ ބޮޑުންގެ ތެރޭގައި ހިމެނޭ ނުރައްކާތެރި މީހެއް ކަމަށްވާ ނެމެސިއޯ ރޫބެން އޮސެގުއެރާ ސްރްވާންޓޭސް ނުވަތަ މަޝްހޫރު ނަމުންނަމަ ”އެލް މެންޗޯ“ މަރާލި މައްސަލައާ ގުޅިގެން އޭނާގެ ކާޓެލް މީހުން ހިންގަމުން އަންނަ ހަމަނުޖެހުން ނިމުމަކަށް ގެންނަން 10,000 ސިފައިން ނެރެފި އެވެ.
ޖަލިސްކޯ ނިއު ޖެނެރޭޝަން ކާޓެލް (ސީޖޭއެންޖީ)ގެ ލީޑަރު އެލް މެންޗޯ، 59އ. އަކީ އޭނާގެ ހައްޔަރުކުރުމަށް ބޭނުންވާ މައުލޫމާތު ދޭ މީހަކަށް އެމެރިކާ އިން 15 މިލިއަން ޑޮލަރުގެ އިނާމެއްވެސް ހުށަހަޅާފައިވާ މީހެކެވެ.
އޭނާ މަރުވީ މެކްސިކޯ ސްޓޭޓްގެ ޖަލިސްކޯ ސްޓޭޓްގެ ޓަޕަލްޕާ ޓައުންގައި ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި އަނިޔާވެގެން މެކްސިކޯ ސިޓީއަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
އެލް މެންޗޯގެ މަރުގެ ބަދަލުހިފަން އޭނާގެ ކާޓެލް މީހުން ވަނީ މެކްސިކޯގެ 20 އަށްވުރެ ގިނަ ސްޓޭޓްގެ މަގުތައް ބަންދުކޮށް, ވެހިކަލްތަކާއި ފިހާރަތަކުގައި ހުޅުޖަހަމުންނެވެ. މި ހަމަނުޖެހުންތަކުގައި މެކްސިކޯގެ ސަލާމަތީ ބާރުތަކުގެ 27 މީހަކު ވަނީ މަރާލައިފަ އެވެ. އަދި ސީޖޭއެންޖީ ގޭންގަށް ނިސްބަތްވާ 46 މީހަކާއި އާންމުންގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް މެކްސިކޯގެ ސަރުކާރުން ވަނީ މިހާތަނަށް 10,000 ސިފައިން ނެރެފަ އެވެ.




ގުޅުންހުރި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ