ފަރުޟު ފަސްނަމާދު ކުރެއެވެ.. ފަހަރުގައި ހުރިހާ ސުންނަތް ނަމާދެއްވެސް ކޮށްފާނެއެވެ. އެއީ ކިތަންމެހާ ވެސް ރަނގަޅު ކަމެކެވެ. އެހެނަސް އެ ގޯސްވެއްޖެ ނަމަ ހާދަހާ ވާ ގޯސްވީއެވެ. ދެން ތިމާ ނަމާދު ކުރުމުގާ ޢަމަލުތައް ބަހައްޓާ ގޮތާމެދު އިތުރަށް ވިސްނާލަމާތޯއެވެ. އަދި ތިމާގެ ދަރަޖައަކީ ކޮބައިކަން ފާހަގަ ކޮށްލަމާތޯއެވެ.
ނަމާދުގައި މީސްތަކުން ވަނީ ފަސް ބަޔަކަށެވެ.
– ފުރަތަމަ ބަޔަކީ: އަމިއްލަ ނަފްސަށް އަނިޔާވެރިވެ، ފަރުވާކުޑަކުރި މީހާއެވެ. އޭނާއަކީ ނަމާދުގެ ވުޟޫގައާއި، ވަގުތުތަކުގައާއި، އޭގެ ރުކުން ތަކުގައި އުނިކުރި މީހާއެވެ. މިފަދައިން ނަމާދުކުރާމީހުންނަކީ ޢަޛާބު ލިބެނިވި ބައެކެވެ.
– ދެވަނަ ބަޔަކީ: ނަމާދުގެ ވަގުތުތަކަށާއި، ރުކުންތަކަށާއި ވުޟޫއަށް ރައްކާތެރިވާ މީހާއެވެ. ނަމަވެސް ވަސްވާސްތަކުން ދުރުވުމަށް މަސައްކަތް ނުކޮށް އޭނާގެ ނަފްސް ވަސްވާސްތަކަށް ދޫކޮށްލާފައިވާ މީހާއެވެ. އޭނާ ވަނީ އެ ވަސްވާސްތަކާއި އޭނާގެ އަމިއްލަ ފިކުރުތަކާ އެކުގައެވެ. މާނައަކީ ﷲ ނޫން އެހެން ފަރާތަކާ ދިމާއަށް އޭނާގެ ހިތް ލެނބިގެން ދިއުމެވެ. އެހެން ފަރާތަކަށް އެނބުރިގެންފި ނަމަ އެކަލާނގެ ރަޙްމަތުން އޭނާ އެއްކިބާ ކުރައްވާނެއެވެ. އެއަށްފަހު ޝައިޠާނާ އެ ދޭތެރެއަށް ވަދެ ލޯގަނޑެއް ފަދައިން ދުނިޔޭގެ ކަންކަން އޭނާއަށް ދައްކައިދެއެވެ.
– ތިންވަނަ ބަޔަކީ: ނަމާދުގެ ރުކުންތަކާ މެދު ރައްކާތެރިވެ، ވަސްވާސްތަކުން ދުރުވުމަށް އަމިއްލަ ނަފްސާ ޖިހާދު ކުރާ މީހާއެވެ. އެނާ މަސައްކަތްކުރާނީ ޝައިޠާނާގެ ވަސްވާހުން ދިފާޢުވެ ޚުޝޫޢަތްތެރިކާމައެކު ނަމާދު ކުރުމަށެވެ. މި މީހުންނަކީ (ނަމާދުގައި ކުރެވުނު) ކުށްތަކަށް ކައްފާރާ ލެއްވިގެންވާ ބައެކެވެ.
– ހަތަރުވަނަ ބަޔަކީ: ނަމާދަށް ހުއްޓި ނަމާދުގެ ޙައްޤުތަކާއި، ރުކުންތަކާއި ޙުދޫދުތައް ފުރިހަމަ ކުރާ މީހާއެވެ. އޭނާގެ ހިތްވަނީ އެ ނަމާދުގެ ޙައްޤުތައ ރައްކާތެރި ކުރުމާއި، އެއްވެސް ބައެއް އުނިވިޔަ ނުދިނުމަށް މަސައްކަތް ކުރުމުގައެވެ. އަދި އޭނާގެ ވިސްނުން އެކީގައި ހުސްވެފައި ވަނީ އެންމެ ފުރިހަމަށް އެ ނަމާދު ކުރުމާމެދުގައެވެ. މިއީ ފުރިހަމަ ސަވާބު ލިބިގެންވާ މީހުންނެވެ.
– ފަސްވަނަބަޔަކީ: އޭނާ ނަމާދަށް ހުއްޓި ފުރިހަމައަށް ނަމާދު ކުރާ މީހުންނެވެ. އެމީހުން އެމީހުންގެ ހިތް ނަގައި ބާއްވާނީ ﷲގެ ޙަޟްރަތުގައެވެ. އެ ހިތް އޮންނާނީ އެކަލާނގެއަށް ސަމާލުވެ ވާ ލޯތްބާއި، އެކަލާނގެ މަތިވެރިކަމުން ފުރިގެންނެވެ. އެބައިމީހުންނަށް އެމީހުންގެ ރައްބު ފެންނަ ފަދައެވެ. ޝައިޠާނާގެ ވަސްވާސްތަކާއި، ޝައިޠާނީ ފިޔަވަޅުތަކަށް އޭނާ ލަންބައެއް ނުލެވޭނެއެވެ. މާތްކަމާއި މަތިވެރިކަމުގެ ގޮތުން ނަމާދުގައި މިފަދަ މީހުންނާ އެހެން މީހުންނާ ދެމެދުވާ ފަރަޤު އުޑާއި ބިމާ އަދި އެދެމެދަށް ވުރެ ވެސް ބޮޑެވެ. މިފަދަ މީހުން ވަނީ އެމީހުންގެ ވެރިރަސްކަލާނގެއާއިގެން މަޝްޣޫލު ވެގެންނެވެ. އަދި އެކަލާނގެ ވެފައި ވަނީ އޭނާގެ ލޮލުގެ ފިނިކަން ކަމުގައެވެ. ދުނިޔެމަތީގައި ނަމާދުން ލޮލަށް ފިނިކަން ލިބިއްޖެ މީހަކީ، އާޚިރަތުގައި އޭނާގެ ރައްބުގެ ޙަޟްރަތާ ކުއްތަންވުމުން ލޮލަށް ފިނިކަން ލިބިގެންދާނެ މީހެކެވެ. އަދި ދުނިޔޭގައި ވެސް ލޮލަށް ފިނިކަން ލިބިގެންވީ މީހެކެވެ. ﷲ ޛިކުރު ކުރުމުން އެމީހެއްގެ ލޮލަށް ފިނިކަން ލިބިއްޖެ މިހާގެ ހުރިހާ ވެސް ހިތްހަމަޖެހުމަކީ އެއީއެވެ. އަދި ﷲ ޛިކުރު ކުރުމުން ލޮލަށް ފިނިކަން ނުލިބިއްޖެ މީހާއީ އޭނާގެ ދުނިޔެއާމެދު ހިތާމައިން، ނަފްސު ކުދިކުދިވެގެންދާ މީހެކެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
އެއްމާބަނޑު ދެބެން, އެއްމާބަނޑު ދެބެންއާ ކައިވެނިކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ވެމްކޯ ސައިޓު ތެރޭގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް
ގާސިމްގެ އާއިލާއަށް ނުގުޅަން އޭނާގެ ގާތިލު އަދުހަމަށް އަންގައިފި