އެއްމާބަނޑު ދެބެން, އެއްމާބަނޑު ދެބެންއާ ކައިވެނިކޮށްފި

އިންޑިއާގައި އެއްމާބަނޑު ދެބެން, އެއްމާބަނޑު ދެބެންއާ ކައިވެނިކޮށްފި އެވެ.

އެއްމާބަނޑު ދެބެން ކަމަށްވާ ވިޖޭ އަދި ވިނޭ ކައިވެނިކޮށްފައިވަނީ އެއްމާބަނޑު ދެބެން ކަމަށްވާ ކީރްތަނާ އަދި ކީރްތީއާ ކައިވެނިކުރީ ތެލެންގަނާގެ ކަމަރެޑީ ޑިސްޓްރިކްޓުގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. ރަސްމިއްޔާތު ބޭއްވީވެސް އެއް ވަގުތެއްގައި އެއް ތަނެއްގައެވެ.

އަވަށުގެ ގިނަ ބައެއްގެ މެދުގައި ބޮޑު ޝައުގުވެރިކަމާއި ފޯރިއެއް އުފެދުނު މި ކައިވެނި ގިނަ ބަޔަކު ސިފަކުރީ މުޅި އުމުރުގައިވެސް ފެންނާނެ އެންމެ އާދަޔާ ހިލާފު ކައިވެނީގެ ގޮތުގައެވެ.

އެގޮތުން ދެ ޖޯޑުގެ މެދުގައި ހުރި އެއްގޮތް ސިފަތަކުގެ ސަބަބުން ކައިވެނީގެ ރަސްމިއްޔާތަށް އައި ބައެއް މީހުންނަށް އެއީ ކާކުކަން ވަކިކުރަންވެސް އުދަނގޫވި ކަމަށް ރިޕޯޓްތައް ބުނެ އެވެ.