ކީރިތި ގުރުއާން ހިތުދަސްކުރި ހާފިޒުންގެ ދަސްވެނިވުމުގެ ހަފުލާ އަންނަ އާދީއްތަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ނިންމައިފި އެވެ.
މި ހަފުލާ ބާއްވަން ނިންމާފައިވަނީ އިސްލާމީ މަރުކަޒުގަ އެވެ. މި ހަފުލާގައި ކީރިތި ގުރުއާން ހިތުދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު 50 ހާފިޒުންނަށް ލިބިވަޑައިގަންނަވާނެ އެވެ.
ކީރިތި ގުރުއާން ހިތުދަސްކުރި ހާފިޒުންނަށް އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ މެޑެއްޔާއި އިނާމު ދެއްވާފައިވަނީ 26 މާރިޗު 2025 ގައެވެ.
އެ އަހަރު 28 ހާފިޒަކަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު ލިބިވަޑައިގެންނެވި އެވެ.



