އިދިކޮޅު އެމްޑީޕީން ވެސް ކުރިން ބޭނުންވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ކަމަށާއި ނަމަވެސް އެ ވިސްނުން މިހާރު ބަދަލުވީ އިންތިހާބާ ދިމާކޮށް ރަށްރަށަށް ގޮސް ކަޑަ ނުޖެހޭނެތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗުގައި ޕީއެންސީން މިރޭ ބޭއްވި ތަރާވީހުގެ ތެރެއިން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީގެ ބައެއް އިސްބޭފުޅުން ކުރިން ބޭނުންވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ކަމަށާއި ނަމަވެސް އެބޭފުޅުންގެ ހިޔާލު ބަދަލުވީ ކުރީ ޒަމާނުގައި އޮތް އިންތިހާބަށް ކަޑަ ޖެހުމުގެ އުސޫލު އޭރުން ނެގުންގުޅެވޭތީ ކަމަށެވެ.
ކުރިން އޮންނަ ގޮތަކީ އިންތިހާބެއް ކައިރިވުމުން ރަށްރަށަށް ގޮސް، ކަޑަ ޖެހުމަށްފަހު ދެން ނުފެންނާނެ ކަމަށާއި އެއަށްފަހު އަލުން ފެންނާނީ ވެސް އިންތިހާބަކާ ދިމާކޮށް ކަޑަ އާކުރުމަށް ނުވަތަ ކަޑަ އާ ކަޑައެއް ޖެހުމަށް ރަށްރަށަށް ދިއުމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެ އިންތިހާބު އެކުގައި ބޭއްވުމާ ވާދަވެރިން ދެކޮޅު ހަދަނީ އެ އާދަ ގެއްލިގެންދާން ބޭނުންނުވާތީ ކަމަށެވެ. އަދި 2008 ގެ ރިޔާސީ އިންތިހާބުން ފެށިގެން އެއް އިންތިހާބެއްގައި އެންމެ ގިނަ ރައްޔިތުން ވޯޓުލާ އިންތިހާބަކީ ރިޔާސީ އިންތިހާބުކަން ހިސާބުތަކުން ރައީސް ތަފްސީލުކޮށްދެއްވިއެވެ.
އެހެންކަމުން ރައްޔިތުންގެ މަންދޫބުން ހޮވުމަށް އެންމެ ރަނގަޅުވާނީ މަޖިލިސް އިންތިހާބު ވެސް އެންމެ ގިނަ ރައްޔިތުން ވޯޓުލާ ރިޔާސީ އިންތިހާބާއެކު ބޭއްވުމުން ކަމަށާއި ފާއިތުވެދިޔަ ތިން ދައުރުގައި ވެސް ރައްޔިތުން މެޖޯރިޓީ ދީފައިވަނީ ރިޔާސީ އިންތިހާބު ކާމިޔާބުކުރާ ޕާޓީތަކަށް ކަމަށެވެ. އެހެންކަމުން ރައްޔިތުން ބޭނުންވަނީ އެކުގައި ދެ އިންތިހާބު ބޭއްވުމަށްކަން ސާފުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް
ވާދަވެރިން ވެސް ގުޅެންވީ ޕީއެންސީއާ، ކާމިޔާބު ހޯދާނެ ފަޅިއަކީ މިއީ: ޝަހީމް