އާ ބަދަލާއެކު ހޮވާ ރައްޔިތުންގެ މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް، ބަޖެޓު ފާސްކުރަން ޖެހޭ ތާރީހު ބަދަލުކުރުމަށް މާލިއްޔަތު ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗުގައި ޕީއެންސީން މިރޭ ބޭއްވި ތަރާވީހުގެ ތެރެއިން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ގާނޫނު އޮންނަ ގޮތުން ރިޔާސީ އިންތިހާބަށްފަހު، ފާސްކުރަނީ ނިމިގެންދާ ސަރުކާރުން ހުށަހަޅާ ބަޖެޓެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅުގެ މެޖޯރިޓީއެއް އޮންނަ ނަމަ، އުނދަގޫތައް ކުރިމަތިކުރުވާ ކަމަށެވެ.
މި ސަރުކާރުގެ ބަޖެޓަކީ އިދިކޮޅުގެ މެޖޯރިޓީއާއެކު ފާސްވެގެންދިޔަ ބަޖެޓެއް ކަމުން އެ އުނދަގޫތައް ކުރިމަތިކުރުވުމުން، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ލަސްތަކެއް ކުރިމަތިވެގެންދިޔަ ކަމަށާއި އެހެންކަމުން އެއް އަހަރު ދުވަސް އެ އުނދަގުލުގައި ހޭދަކުރަން ޖެހޭ އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލިއްޔަތު ގާނޫނުގައި މިހާރު އޮންނަ ގޮތުން ސެޕްޓެމްބަރު 30 ގެ ނިޔަލަށް ބަޖެޓު ފާސްކުރަން ޖެހޭ ކަމަށާއި ރައްޔިތުންގެ ވޯޓުން ގެންނަ އިސްލާހާއެކު، 2028 ވަނަ އަހަރު ފާސްކުރާ ބަޖެޓަކީ ޑިސެމްބަރު އެއްވަނަ ދުވަހު ހުވާކުރާ މަޖިލީހަށް ފާސްކުރެވޭ ބަޖެޓެއް ގޮތަށް އެ ތާރީހު ފަސްކުރުމަށް މާލިއްޔަތު ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ. އޭރުން ބޭކަރުވެގެންދާ އެއް އަހަރަކީ ވައުދުތައް ފުއްދުމަށް ބޭނުން ހިފޭނެ އަހަރަކަށް ހެދިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ގިނަ ފައިދާތަކެއް ލިބޭނެކަން ފާހަގަކުރައްވަމުން ރައީސް ވަނީ، 2008 ގެ ރިޔާސީ އިންތިހާބުން ފެށިގެން އެއް އިންތިހާބެއްގައި އެންމެ ގިނަ ރައްޔިތުން ވޯޓުލާ އިންތިހާބަކީ ރިޔާސީ އިންތިހާބުކަން ހިސާބުތަކުން ރައީސް ތަފްސީލުކޮށްދެއްވިއެވެ.
އެހެންކަމުން ރައްޔިތުންގެ މަންދޫބުން ހޮވުމަށް އެންމެ ރަނގަޅުވާނީ މަޖިލިސް އިންތިހާބު ވެސް އެންމެ ގިނަ ރައްޔިތުން ވޯޓުލާ ރިޔާސީ އިންތިހާބާއެކު ބޭއްވުމުން ކަމަށާއި ފާއިތުވެދިޔަ ތިން ދައުރުގައި ވެސް ރައްޔިތުން މެޖޯރިޓީ ދީފައިވަނީ ރިޔާސީ އިންތިހާބު ކާމިޔާބުކުރާ ޕާޓީތަކަށް ކަމަށެވެ. އެހެންކަމުން ރައްޔިތުން ބޭނުންވަނީ އެކުގައި ދެ އިންތިހާބު ބޭއްވުމަށްކަން ސާފުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.




ގުޅުންހުރި
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު