އެލައިޑުން މި އޮތް ދެނީ އައިފޯން 17 ޕްރޯ މެކްސްއެއް!

އެލައިޑް އިންޝުއަރެންސް އިން އެލައިޑްގެ އިންސްޓަގްރާމް ފޮލޯވަރުންނަށް އަމާޒުކޮށްގެން އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ލިބޭ ގިވްއަވޭ ކެމްޕެއިނެއް ފަށައިފި އެވެ.

”އެލައިޑް އައިފޯން ޑްރޮޕް“ގެ ނަމުގައި މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކެމްޕެއިނުގައި ބައިވެރިވުމަށްޓަކައި ކުރަންޖެހޭ ކަމަކީ:

  1. އެލައިޑް އިންޝުއަރެންސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖް ފޮލޯކުރުން.
  2. މި ކެމްޕެއިނާ ގުޅޭ ޕޯސްޓުގެ ކޮމެންޓް ސެކްޝަންގައި ހަ އެކުވެރިން ޓެގްކުރުން.
  3. އެ ޕޯސްޓު އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި ޝެއާކުރުން.

އެލައިޑުން ބުނީ، މި ޕްރޮމޯޝަނުގައި ކޮންމެ ކޮމެންޓެއްގައި ވެސް ތަފާތު ހަ އެކުވެރިން ޓެގްކުރަން ޖެހޭނެ ކަމަށެވެ. ގިނަ ކޮމެންޓް ކުރާވަރަކަށް ގުރުއަތުން ހޮވުމުގެ ފުރުސަތު ބޮޑުވެގެންދާނެ އެވެ.

މީގެ އިތުރުން، ޕްރައިވެޓް އެކައުންޓް ގެންގުޅޭ ފަރާތްތަކުން ސްޓޯރީއަށް ޕޯސްޓް ކުރުމަށްފަހު، އޭގެ ސްކްރީންޝޮޓެއް އެލައިޑްގެ އިންސްޓަގްރާމް ޑައިރެކްޓް މެސެޖަށް ފޮނުއްވުމުން ކެމްޕެއިންގައި ބައިވެރިވުން ކަށަވަރުވާނެ ކަމަށް އެލައިޑުން ބުންޏެވެ.

އެލައިޑުން ބުނީ، އެ ކުންފުނީގެ އުންމީދަކީ ވީހާވެސް ގިނަ ފަރާތްތަކުން މި ކެމްޕައިނުގައި ބައިވެރިވެ، އެކުވެރިން ޓެގްކޮށް، މި ފުރުސަތުގެ ބޭނުންހިފުން ކަމަށެވެ.