ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން

އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާލޭގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފި އެވެ.

ޒަކާތު ހައުސް އިން ބުނީ، ގޮވާމުން ޒަކާތް ބަލައިގަންނާނީ މި މަހު 14 އަދި 15 މާޗުގެ ހެނދުނު 10:00 އިން 12:00 އަށް ކަމަށެވެ. އަދި މި މަހުގެ 16 އިން 18 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަދި މެންދުރު ފަހު 1:00 އިން ހަވީރު 3:00 އާ ހަމައަށް ޒަކާތް ބަލައިގަންނާނެ ކަމަށް ބުންޏެވެ.

އެ ހުރިހާ ދުވަހެއްގައި ވެސް ޒަކާތް ބަލައިގަތުން ކުރިއަށްދާނީ މާލޭގެ ސީއެޗްއެސްއީ އިމާރާތުގަ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެ ބަޔަކު އާންމު ގޮތެއްގައި ކެއުމަަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. އެގޮތުން އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ އަދި ގޮދަން ފުށުން ޒަކާތް ދެއްކޭނެ އެވެ.