ހއ. އުތީމުގައި އުމުރުން ނުވަ ދުވަސްވީ ތުއްތު ކުއްޖަކު ނިޔާވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ’ހަފްތާ‘ އަށް ވިދާޅުވީ، އެ ތުއްތު ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ މައްސަލަ ފުލުހަށް ހުށަހެޅީ މިއަދު ހެނދުނު 10:07 އެހާކަންހާއިރު ސިއްހީ މަރުކަޒުން ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.
’ހަފްތާ‘ އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ ސީޓީ ސްކޭނެއް ހެދުމަށް ކުޅުދުއްފުއްޓަށް ގެންގޮސް އަނބުރާ ވަނީ އުތީމަށް ގެންގޮސްފަ އެވެ. އަދި މިރޭގެ އިޝާ ނަމާދަށްފަހު ކުއްޖާ ވަޅުލުމުގެ ހުއްދަ ދީފައިވާކަންވެސް އެނގިފައިވެ އެވެ.
ނަމަވެސް ކުއްޖާ މަރުވި ސަބަބު އަދި އެނގިފައެއް ނުވެ އެވެ.



