މާލެ އަތޮޅުގެ ރިސޯޓެއްގެ ޕޫލަކަށް ގެނބިގެން ދެ އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.
އެކަން ކަށަވަރު ކޮށްދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ’ހަފްތާ‘ އަށް ވިދާޅުވީ، ދެ އަހަރުގެ ފިރިހެން ކުއްޖަކު، އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ މައްސަލައެއް ރޭ ދަންވަރު 12:54 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ ހާދިސާ ހިންގަން މެދުވެރިވީ ރިސޯޓެއްގެ ޕޫލަށް އެ ކުއްޖާ ގެނބިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، އެ ކުއްޖާގެ ކަށުނަމާދު މިއަދު ހެނދުނު ވަނީ ހުޅުމާލެ ސަހަރާގައި ބާއްވައިފަ އެވެ.
’ހަފްތާ‘ އަށް އެނގިފައިވާ ގޮތުގައި ނިޔާވެފައިވަނީ ހއ. އުލިގަން/ ވައިކަރަދޫގެ، އަބްދުالله ޒިޔަން އަހުމަދު ނަމަކަށް ކިޔާ ދެ އަހަރުގެ ކުއްޖެކެވެ.



