ސިފައިންގެ މީހަކު އޭނާގެ ދޮންދަރިއާ ބެހޭތާ 12 އަހަރު، ފަޅާއެރުމުން ގެއިން ނެރެލައިފި

ނ.މިލަދޫގައި ސިފައިންގެ މީހަކު އޭނާގެ ދޮންދަރި އާ ބެހުނުކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ވަކި ރަށެއްގެ ނަން ހާމަނުކޮށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ހަފްތާއަށް ވިދާޅުވީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، އިތުބާރުކުރެވޭ މަގާމެއްގައިހުރެ، 18 އަހަރުގެ އަންހެން ކުއްޖަކަށް، ކުޑައިރުން ފެށިގެން އެކިދުވަސް މަތިން ތަކުރާރުކޮށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭމައްސަލައެއް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލަ، ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާކަމަށް އޮފިޝަލް ވިދާޅުވި އެވެ.