ދާންދޫގައި ކާނާ ވިހަވެގެން ފަރުވާދެމުންދިޔަ އަންހެނަކު މަރުވެއްޖެ

ގއ. ދާންދޫ -- ފޮޓޯ: ހުވަދޫ، ފޭސްބުކް

ގއ. ދާންދޫގައި ކާނާ ވިހަވެގެން ފަރުވާދެމުންދިޔަ އަންހެނަކު މަރުވެއްޖެއެވެ.

ކާނާ ވިހަވުމުގެ ސަބަބުން މަރުވެފައިވަނީ ގއ. ދާންދޫ، ވިނަމަތީ، އާއިޝަތު އިބްރާހީމް (41އ) އެވެ.

އެނގިފައިވާ ގޮތުގައި ކާނާ ވިހަވުމާ ގުޅިގެން އާއިޝަތު، ދާންދޫ ސިއްހީ މަރުކަޒަށް ގެންދިޔައީ މިރޭގެ ވަގުތެއްގައެވެ. ނަމަވެސް އޭނާ ކާނާ ވިހަވީ ކޮން އެއްޗަކަށް ކަމެއް ކަށަވަރެއް ނުވެއެވެ.

ދާންދޫ ކައުންސިލުގެ ރައީސް އަހުމަދު އާސިފް، ފޭސްބުކްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ ކާނާ ވިހަވި މީހާ މިރޭގެ ވަގުތެއްގައި މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ.