ރާއްޖެ ބަނގުރޫޓު ނުވުމަކީ ދިވެހިންނަށް ލިބުނު ބޮޑު ކާމިޔާބީއެއް: ސައީދު

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ސައީދު --- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ ބަނގުރޫޓުނުވުމަކީ ދިވެހިންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ, ރާއްޖެ ބަނގުރޫޓުވާނެ ވާހަކައާއި ފައިސާ ހުސްވާނެ ވާހަކައަކީ މި ސަރުކާރަށް އަމާޒުކޮށް އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ދައްކަމުންދާ ވާހަކަ ކަމަށެވެ.

އެކަމަކު އިރާދަކުރެއްވިއްޔާ ނުވެއެއްނޫންތޯ އެހެނެއް [ބަނގުރޫޓެއް]. ދެން އެއީ ދިވެހި ރައްޔިތުންގެ ކާމިޔާބު. މިއަދުގެ ރައީސްގެ ފުރިހަމަ ވިސްނުންފުޅާއި ކެތްތެރިކަމާއެކު ކުރައްވާ މަސައްކަތުގެ ނަތީޖާ,“ ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ތަކެތީގެ އަގު ބޮޑުވެގެން ނުދިއުމަކީ ބޭނުންވާ ގޮތް ނޫން ކަމަށާއި ނަމަވެސް ދުނިޔެއާ ގުޅިފައި ހުރި ބައެއް ކަންކަމަކީ ކޮންޓްރޯލް ނުކުރެވޭނެ ކަންކަން ކަމަށް ވިދާޅުވި އެވެ.