މޫދަށް އެރި އުޅުނު ޓޫރިސްޓަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވެއްޖެ

އދ އަތޮޅު މަންތާ ޕޮއިންޓަށް މޫދަށް އެރި އުޅުނު ޓޫރިސްޓަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެފަދަ ހާދިސާއެއް މިއަދު ހެނދުނު 9:59 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ޖަރުމަން ވިލާތުގެ ފިރިހެނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވީ ޑައިވިންއަށް ދިޔަ ދޯނި، ފަހަތަށް ޖެހި ވަގުތު މޫދަށް ފުންމާލުމުން ބުރަފަތީގައި ޖެހިގެންނެވެ.