އެކްސިޑެންޓުވުމާއެކު ފިލި މީހަކު ހޯދުމަށް ފުލުހުން ވީޑިއޯ އާންމުކޮށްފި

ފުލުހުން އާންމުކުރި ވީޑިއޯގެ ސްކްރީންޝޮޓެއް -

މާލޭ މަޖީދީމަގު އަތަމާ ޕެލަސް ކައިރިން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓްވުމާއެކު، މަޑުނުކޮށް ފިލައިގެން ދިޔަ މީހަކު ހޯދުމަށް ފުލުހުން މިއަދު ވީޑިއޯއެއް އާންމުކޮށްފިއެވެ.

މާލެ ޓްރެފިކް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ އެ މައްސަލައިގައި ހޯދަމުންދަނީ ކާކުކަން ދެނެގަނެވިފައިނުވާ މީހެކެވެ. ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި، އެ މީހާ ދުއްވި ސައިކަލުން ޖެހި މަގު ހުރަސްކުރި އަންހެން މީހާ ވެއްޓުނު ނަމަވެސް، ސައިކަލު ދުއްވަން އިން މީހާ މަޑުނުކޮށް ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.

ފުލުހުން އެދިފައިވަނީ:

  • ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެކަން ހިއްސާކުރުމަށް
  • އެ އެކްސިޑެންޓް ހިނގި މަންޒަރު ދުށް ފަރާތެއްވާނަމަ، އެ މައުލޫމާތެއް ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅައި ހިއްސާކުރުމަށް

އެފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އާންމުންނަށް ޝުކުރު އަދާކޮށްފައެވެ.