ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާނުގެ ހާދިސާއެއް

ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ރޯވެއްޖެއެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މިރޭ ހިނގި އެ ހާދިސާގައި އެ ސްކޫލުގައި ވަނީ ވަރަށް ބޮޑަށް އަލިފާންގަނޑު ފެތުރިފައެވެ.

”ހަފްތާ“އަށް އެނގިފައިވާ ގޮތުގައި އެ އަލިފާން ހިނގާފައިވަނީ އެ ސްކޫލުގައި ހުންނަ އޭސީއެއްގައި ރޯވެގެންނެވެ.

އެ އަލިފާންގަނޑު މިހާތަނަށް ކޮންޓްރޯލުކުރުމުގެ މަސައްކަތުގައި ފުލުހުންގެ އިތުރުން ވިލިނގިލީގެ ގިނަ ރައްޔިތުންތަކެއް ދަނީ މަސައްކަތްކުރަމުންނެވެ. އަދި އެ މަސައްކަތުން މިހާރު ވަނީ ވަރަށް ބޮޑަށް އަލިފާންގަނޑު ކޮންޓްރޯލުކޮށްފައެވެ.

އެކަމާ ގުޅޭގޮތުން އެމްއެންޑީއެފްގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.