މާލޭގެ މޭޔަރުކަމަށް ވާދަކުރާ އާޒިމް އާއި ޖަލީލް ވޯޓު ލައިފި

ރިޔާސީ އިންތިހާބައި ރައްޔިތުންގެ މަޖިލިސް އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ހިޔާލު ހޯދުމުގެ ވޯޓާއި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީގެ އިންތިހާބުގައި ވޯޓު ލުމަށްފަހު ޖަލީލު އިނގިލީގައި ޖެހި ނިޝާން ދައްކާލަނީ (ފޮޓޯ ވަގުތު) އަދި އާޒިމްވެސް އިނގިލީގައި ޖެހި ނިޝާން ދައްކާލަނީ (ފޮޓޯ މިހާރު) ---

މިހާރު ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބު އަދި ހިޔާލު ހޯދުމުގެ ވޯޓުގައި މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދަމް އާޒިމް ވޯޓު ލައްވައިފި އެވެ.

އާޒިމް ވޯޓު ލައްވާފައިވަނީ މާފަންނު މަދަރުސާގައި ހުންނަ ވޯޓު ފޮއްޓަކަށެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންނަކީ (ކެންޑިޑޭޓު ނަންބަރު ތަރުތީބުން):

  1. އަހުމަދު އައިހަމް މުހައްމަދު، އަމިއްލަ ގޮތުން
  2. އިސްމާއިލް ޒަރިޔަންދު، އަމިއްލަ ގޮތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު
  3. މިހާރުގެ މޭޔަރު އާދަމް އާޒިމް، އެމްޑީޕީ
  4. މޫސާ އަލީ ޖަލީލު، ޕީއެންސީ
  5. އަބްދުﷲ މަހުޒޫމް މާޖިދު، އެމްޑީއޭ