އާދީއްތަ އަދި ހޯމަ ދުވަސް ސަރުކާރު ބަންދުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު --

އަންނަ އާދީއްތަ އަދި ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

ރައީސްގެ އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނީ، ކުރިއަށް އޮތް ދެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި ރައްޔިތުންގެ ހިޔާލުހޯދުމުގެ ވޯޓުލުން މިއަދު އޮތުމާއެކު އިންތިހާބާގުޅޭ އެކިއެކި މަސައްކަތްތަކުގައި ދައުލަތުގެ މުއައްސަސާތަކާއި ސިވިލް ސާވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާތީ، މާދަމާ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައިވާތީ ކަމަށެވެ.

އަދި އިންތިހާބަށް ފަހުގައިވެސް އިންތިހާބާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ އޭޕްރިލް ހަވަނަ ދުވަސް ވެސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައިވާ ކަމަށް ދެންނެވުމުގައިވެ އެވެ.