ބޮޑު ތަފާތަކުން ކުޅުދުއްފުށީ ސިޓީގެ މޭޔަރުގެ މަގާމު އާތިފް ދިފާއުކުރައްވައިފި

ހދ. ކުޅުދުއްފުށި ސިޓީގެ މޭޔަރުކަން އެ މަގާމުގައި މިހާރު ވެސް ހުންނެވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މުހައްމަދު އާތިފު ދިފާއު ކުރައްވައިފި އެވެ.

އިންތިހާބުގެ ނަތީޖާ ގުނައި އެއްކޮށް އަދި ނުނިމުނު ނަމަވެސް މިހާތަނަށް ގުޅި ހުރިހާ ފޮއްޓަކުން ބޮޑުތަނުން ކުރީގައި އުޅުއްވަނީ އާތިފް އެވެ. އެހެންކަމުން ކުޅުދުއްފުށީ ސިޓީގެ މޭޔަރުގެ މަގާމަށް އާތިފް ހޮވިވަޑައިގެންނެވިކަން ޔަގީންވެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުފުއްފުށި ސިޓީގެ އިތުރުން މާލެ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ މޭޔަރު އިންތިހާބުގައި މިހާތަނަށް ލިބުނު ނަތީޖާތަކުން ކުރީގައި އުޅުއްވަނީ އިދިކޮޅު އެމްޑީޕީގެ ގެ ކެންޑިޑޭޓުންނެވެ.