ފުވައްމުލައް ސިޓީގެ މޭޔަރުކަން އެ މަގާމުގައި މިހާރު ވެސް ހުންނެވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިސްމާއިލް ރަފީއު އަދި އައްޑޫ ސިޓީގެ މޭޔަރުކަން އެ މަގާމުގައި މިހާރުވެސް ހުންނެވި އެމްޑީޕީގެ އަލީ ނިޒާރު ދިފާއު ކުރައްވައިފި އެވެ.
އިންތިހާބުގެ ނަތީޖާ ގުނައި އެއްކޮށް އަދި ނުނިމުނު ނަމަވެސް ރަފީއު އާއި ނިޒާރު ހޮވިވަޑައިގެންނެވިކަން ޔަގީންވެ އެވެ.
މި ދެ މަގާމާއެކު އިދިކޮޅު އެމްޑީޕީން މިހާތަނަށް ވަނީ ތިން ސިޓީއެއްގެ މޭޔަރުގެ މަގާމު ހޯދައިފަ އެވެ. އެއީ ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގެ މޭޔަރުގެ މަގާމެވެ. ކުޅުދުއްފުށި ސިޓީގެ މޭޔަރުގެ މަގާމަށް އިންތިހާބުވީ އެ ސިޓީގެ މޭޔަރުގެ މަގާމުގައި މިހާރުވެސް ހުންނެވި މުހައްމަދު އާތިފް އެވެ.
މިހާތަނަށް ގުނައި ނިމުނު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު، ކައުންސިލްތަކުގެ އިންތިހާބުގައި އެންމެ ގޮނޑި ކާމިޔާބު ކޮށްފައިވަނީވެސް އެމްޑީޕީންނެވެ.



