އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރު ހުސައިން ދީދީ ވެސް މަގާމުން ވަކިކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.
ޕީސީބީން މިއަދު ބުނީ އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން ގދ. ތިނަދޫ، ބްލެކްސްމިތް، ހުސެއިން ދީދީ މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ.
ލޯކަލް ކައުންސިލު އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގެ ނާކާމިޔާބީއަށްފަހު ސަރުކާރުގެ މަގާމުތަކާއި ކުންފުނިތަކުގެ މަގާމުތަކަށް އިތުރު ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ބެލެވެއެވެ.



