ރާއްޖެއަށް 1.7 މިލިއަން ރުފިޔާގެ ޑުރަގް އެތެރެކުރަން އުޅުނީ އިންޑިއާގެ ދެ އަންހެނުން!

ރާއްޖެއަށް 1.7 މިލިއަން ރުފިޔާގެ ޑުރަގް އެތެރެކުރަން އުޅުނު އިންޑިއާގެ ދެ އަންހެނަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ޖެނިފަރ ޕައުލް އާއި 23 އަހަރުގެ އުލްފަތު ރަސޫލް އެވެ.

މި މީހުން ހައްޔަރުކުރީ މި މަހުގެ 1 ވަނަ ދުވަހު ރާއްޖެ އައި އިރު، އެ މީހުންގެ އަތުން ދެ ކިލޯއަށްވުރެ ގިނަ ހަޝިޝް އޮއިލް ފެނުމުންނެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެ މީހުންވެސް 15 ދުވަހަށް ބަންދުކޮށްފަ އެވެ.