ހަބަރު ހުސްވެފައި އޮއްވައި މަގުމަތިން ފެނުނު މީހާ މަރުވެއްޖެ

ހަބަރު ހުސްވެފައި އޮއްވައި މަގުމަތިން ފެނުނު މީހާ މަރުވެއްޖެއެވެ.

ފުލުހުން އިއްޔެ ބުނީ ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު އިއްޔެ 18:18 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން މިރޭ ބުނީ އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ރޭގެ ވަގުތެއްގައި މަރުވެފައިވާ ކަމަށާއި އެއީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެމީހާ މަރުވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ތުހުމަތުކުރެވޭ ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.