ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު މީހަކު މޫދު އަޑީގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ، އޭނާ ގެއްލިގެން ރިޕޯޓް ކުރީ މިއަދު ހެނދުނު 6:30 އެހާކަންހާއިރު ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން ވިލިމާލެ ޕޮލިސް އާއި މެރިން ޕޮލިސް ގުޅިގެން ކުރި މަސައްކަތުން އޭނާ ފެނިފައިވަނީ 6:55 އެކަންހާއިރު މޫދު އަޑީގައި އޮއްވައި ކަމަށް ބުންޏެވެ.
ފުލުހުން ބުނީ، އެ ހާދިސާގައި މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނެއް ކަމަށެވެ.



