އެސްޓީއޯ ޕީޕަލްސް ޗޮއިސް ރަމަޒާން ބާޒާރު 2026 ގެ ލަކީ ޑްރޯ ނަގައިފިއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ އައުޓްލެޓްގައި މިދިޔަ މަހުގެ 31 ވަނަ ދުވަހު ކުރިއަށްގެންދިޔަ ލަކީ ޑްރޯ ނެގުމުގައި ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ ހުސައިން އަމްޖަދެވެ.
މި ލަކީ ޑްރޯގައި އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަނަށް ކަނޑައަޅާފައިވާ އެއް ލައްކަ ރުފިޔާ އަމްޖަދަށް ލިބިގެންދާނެވެއެވެ.
އެސްޓީއޯ އިން މިއަހަރުގެ ރަމަޟާން މަހާ ގުޅިގެން ބޭއްވި ރަމަޒާން ބާޒާރު ކުރިއަށްދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން މިދިޔަ މަހުގެ 18 ގެ ނިޔަލަށެވެ. އެ ޕްރޮމޯޝަންގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިއްކާ ގިނަ ޕްރޮޑަކްޓްތަކަކުން ވަރަށް އަގުހުރި ޑިސްކައުންޓެއް ކަސްޓަމަރުންނަށް ލިބިގެންދިޔައެވެ. އެގޮތުން އާއްމުންގެ ތެރޭގައި މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ހިޓާޗީ، ފިލިޕްސް އަދި ރަސެލްސް ހޮބްސް ބްރޭންޑުގެ ގޭތެރޭގައި ބޭނުން ކުރާ ގިނަ ސާމާނަކުން ބޮޑެތި ޑިސްކައުންޓުތަކެއް ވަނީ ދީފައެވެ.
އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް މިފަދަ ވަރަށް އަގުހުރި ޕްރޮމޯޝަންތައް ބާއްވަމުންދެއެވެ. އެ ޕްރޮމޯޝަންތަކުގެ މައިގަނޑު މަގުސަދަކީ ރޯދަ މަހާ ގުޅިގެން އާއްމުންގެ ގެތަކަށް ބޭނުންވާ ސާމާނު ހެޔޮ އަގެއްގައި ފޯރުކޮށްދިނުމެވެ.



