ބޮލީވުޑްގެ ލެޖެންޑް އާޝާ ބޯސްލޭ އުމުރުން 92 އަހަރުގައި މަރުވެއްޖެއެވެ.
ބޮލީވުޑްގެ ރަން އަޑުގެ ވެރިޔާ، އާޝާ ބޯސްލޭ ދުނިޔެ ދޫކުރުމާ ގުޅިގެން، މުޅި މިއުޒިކީ ދުނިޔެއަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ. އޭނާ ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
އާޝާ ބޯސްލޭއަކީ އިންޑިއާގެ މިއުޒިކީ ތާރީޚުގައި ނުފޫޒުގަދަ، އަދި އެހާމެ ކާމިޔާބު ޝަޚުޞިއްޔަތެކެވެ. އަށް ދަހަރަށްވުރެ ދިގު އޭނާގެ ފަންނީ ދަތުރުގައި 12،000 އަށްވުރެ ގިނަ ލަވަ ކިޔައިދީ، ގިނިސް ވޯލްޑް ރެކޯޑުންވެސް އޭނާ ޖާގަ ހޯދާފައިވެއެވެ.
އާޝާގެ ވަކިވުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، އޭ.އާރު ރަހްމާން ފަދަ މިއުޒިކީ ދާއިރާގެ ބޮޑެތި ފަރާތްތަކުން ދަނީ ހިތާމަ ފާޅުކުރަމުންނެވެ. ބޮޑުވަޒީރު މޯދީ ސިފަކުރެއްވި ގޮތުގައި އާޝާއަކީ ”އިންޑިއާގެ ދާއިމީ އަޑު“ އެވެ. އޭނާގެ ހަނދާނުގައި މާދަމާ މުމްބާއީގެ ޝިވާޖީ ޕާކުގައި ދައުލަތުގެ ފުރިހަމަ އިއްޒަތާއެކު ޖަނާޒާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.



