ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މަގާމުން އިސްތިއުފާ ދެއްވިކަން އާރިފް ވަނީ ’ހަފްތާ‘ އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއްނުވެ އެވެ.
”އަލި ރަނގަޅުވާނެ،“ އަލީ އާރިފް ވިދާޅުވި އެވެ.
މިނިސްޓަރު އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމަށް އާރިފް އައްޔަން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމަށްފަހު 17 ނޮވެންބަރު 2023 ގައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ އާރިފަކީ ރައީސް މުއިއްޒުއާ އާއިލީ ގުޅުން އޮންނަ ބޭފުޅެކެވެ.



