ސިޔާސީ ގޮތުން އެއްވެސް މީހަކަށް ދެން ވަޒީފާއެއް ނުދޭނަން: ރައީސް

2 މާރިޗު 2026 - ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް

ސިޔާސީ ގޮތުން އެއްވެސް މީހަކަށް ވަޒީފާ ދިނުން ނިމުމަކަށް އަންނަންޖެހޭ ކަމަށް ރައްޔިތުން ބުނެފައިވާތީ، މި ސަރުކާރުންވެސް ދެން އަމަލުކުރާނީ އެގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ނޫސްވެރިޔާ ސުވާލުކުރީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ވަރަށް ގިނަ މީހުންނަށް ވަޒީފާ ދިންތަން ފެނިގެންދިޔަ ކަމަށާއި އެ މީހުން ވަކިކުރާނެތޯ އެވެ.

ރައީސް ވިދާޅުވީ، އެއްވެސް ފަރާތަކަށް ކެމްޕެއިނަކާ ގުޅިގެން ނުވަތަ ސިޔާސީ ގޮތަކަށް ވަޒީފާ ދިނުން މި ގައުމުގައި ނިމުމަކަށް އަންނަންޖެހޭކަން ނިމިދިޔަ އިންތިހާބުގައި ރައްޔިތުން ބުނެފައިވާ ކަމަށެވެ.

”އެހެންވީމަ އަޅުގަނޑުވެސް ދާނީ އެގޮތަށް ދެން. ދެންމެ މި ދެންނެވިހެން އިއުލާން ކުރެވިގެން ކުރިމަތިލައިގެން އެ މީހާގެ ސީވީއަށް ބަލައި, މެރިޓް ބޭސްޑްކޮށް ނޫނީ އެއްވެސް އެސްއޯއީއަކުންވެސް މިނިސްޓްރީއަކުންވެސް މުވައްޒަފަކު ނަގައިގެން ނުވާނެ. އެ އުސޫލު ދެން މި ސަރުކާރުން ކުރިއަށް ގެންދާނީ،“ ރައީސް ވިދާޅުވި އެވެ.

”އަދި ނުގަވާއިދުން ގަވާއިދާ ހިލާފަށް އެއްވެސް މީހަކަށް ވަޒީފާއެއް ދީފިނަމަ, އެ މީހަކު ވަޒީފާއިން ވަކިކުރަން ވާނީ ދަންނަވާފައި،“