ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކުރި އިނާމު 66 ބޭފުޅަކަށް

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރި 66 ބޭފުޅެއްގެ ހިދުމަތުގެ އަގުވަޒަންކޮށް، ޝަރަފުގެ ބެޖާއި އައްޑަނަ އާއި ހަނދާނީ ލިޔުން ދީފި އެވެ.

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމީ ޖަލްސާގައި އެ ބޭފުޅުންނަށް ޝަރަފު އަރުވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް އޮފީހުން ބުނީ މި ފަހަރު ދައުލަތަށް ހިދުމަތް ކުރި އިނާމު ދެއްވީ ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައި މީގެ ކުރިން އެ އިނާމު ދީފައި ނުވާ 66 ބޭފުޅަކަށް ކަމަށެވެ.

ދައުލަތަށް ހިދުމަތްކުރާ އަދި ހިދުމަތްކޮށްދީފައިވާ މީހުންގެ އަގުވަޒަންކޮށް އެވޯޑު ދޭން ފެށީ 2021 ވަނަ އަހަރު އެވެ.