ހުޅުމާލެ ރަށު މާރުކޭޓު ރެއިޑްކޮށް 20 ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ދަށުން ހިންގި އެ ރެއިޑުގައި ހުޅުމާލެ ރަށު މާރުކޭޓުން 55 ބިދޭސީން ބަލައި ފާސްކުރި ކަމަށެވެ.
އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 17 ނޮވެންބަރު 2023 އިން 13 ޖޫން 2026ގެ ނިޔަލަށް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 12،552 ބިދޭސީން ވަނީ ޑީޕޯޓްކޮށްލައިފަ އެވެ.
ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ގިނައީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ މީހުންނާއި ޑޮކިއުމަންޓުތައް ފުރިހަމަ ނޫން މީހުން ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.


