ރާއްޖޭގެ އިމާމުންނަށް ހާއްސަ ޑްރެސް ކޯޑެއް ތައާރަފުކުރަން ނިންމަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިއަދު މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ، އާންމުކޮށް އިމާމުކަމުގެ ވަޒީފާގައި އުޅުއްވާ ބޭފުޅުން ނަމާދުކުރާ ގަޑީގައި ތުރުކުރައްވާނެ ޑްރެސް ކޯޑެއް ފަރުމާކުރަން ހުޅުވާލަން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
ތާކިހާ ކޮޅެއްވެސް ހިމެނޭ ގޮތަސް ފަރުމާކުރަން ނިންމާފައިވާ އެ ޑްރެސް ކޯޑް، ރާއްޖޭގެ އިމާމުވެ ހުކުރު ނަމާދާއި އީދު ނަމާދު ކުރައްވާ ބޭފުޅުންވެސް ތުރުކުރައްވާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.


