ޗައިނާގެ ހަ އަހަރުގެ އަންހެން ކުއްޖަކު، ހަތަރު ސިކުންތަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރުބިކްސް ކިއުބެއް ހައްލުކޮށްގެން އަންހެނުންގެ ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފި އެވެ.
ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން ބުނި ގޮތުގައި، ޗެންގްދޫއަށް ނިސްބަތްވާ ލިއަން ޔުއިންޒީ ނަމަކަށް ކިޔާ އެ ކުއްޖާ ވަނީ ވުހާން އަދި ގުއާންގްޒޫގައި ބޭއްވި ވޯލްޑް ކިއުބް އެސޯސިއޭޝަން ސެޓިފައިޑް ދެ މުބާރާތެއްގައި، މި މަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އަންހެނުންގެ 3×3 އެވްރެޖް ވޯލްޑް ރެކޯޑް މުގުރާލައިފަ އެވެ.
އޭނާ އެ ރެކޯޑްތައް ހެދީ ފަސް ފަހަރު ރުބިކްސް ކިއުބް ހައްލުކުރުމަށްފަހު، އެވްރެޖް 4.52 އަދި 4.27 ސިކުންތުގެ ސްޕީޑުގައެވެ. މި އާއެކު އެ ކުއްޖާ ވެގެން ގޮސްފައިވަނީ އެވްރެޖްކޮށް 4.5 ސިކުންތަށްވުރެ އަވަހަށް ކިއުބް ހައްލުކުރި ފުރަތަމަ އަންހެން ސްޕީޑްކިއުބާ އަށެވެ.


