ނަން އަބުރާ ގެންދިޔުމަށް ފަހު ހަސަން ނިޒާމް (ކައްޑެ) އަށް ތާއީދުކުރަން ނިންމީ ކައްޑެއަކީ ދާއިރާގެ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެވޭނެ އަދި ސަރުކާރާއި އެކީ ދާއިރާއަށް ކުރިއެރުން ގެނެސްދެވޭނެ ހަމައެކަނި ކެންޑިޑޭޓަށް ވާތީ ކަމުގައި ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ބ.ތުޅާދޫ ދާއިރާއަށް ވާދަކުރުމަށް ކުރިން ނަން ހުށަހަޅުއްވާފައިވާ ކެންޑިޑޭޓް، ފުޅަދޫ އަލިބެ ވިދާޅުވެއްޖެއެވެ.
ކައްޑެއަށް ތާއީދު ކުރުމަށް ނިންމާ ނަން އަބުރާ ގެންދިޔުމަށް ފަހު މިއަދު އަލިބެ ހަފްތާ އަށް ވިދާޅުވީ ނަން އަނބުރާ ގެންދަން ނިންމީ ވަރަށް ބޮޑަށް ވިސްނުމަށް ފަހުކަމަށާއި، ދާއިރާއަށާއި ރަށަށް އެންމެފައިދާހުރި ގޮތަކީއެގޮތްކަމަށް ގަބޫލުކުރެވޭތީ ކަމުގައެވެ.
”ކައްޑެއަކީ ދާއިރާގެ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެވޭނެ އަދި ސަރުކާރާއި އެކީ ދާއިރާއަށް ކުރިއެރުން ގެނެސްދެވޭނެ ހަމައެކަނި ކެންޑިޑޭޓް. އެފަދަމީހަކު ދާއިރާއަށް މިވަގުތު ހޮވަން އެބަޖެހޭ.“ އަލިބެ ވިދާޅުވިއެވެ.
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ކަންކަން މިހާރު ކުރަމުންދާއިރު، އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20ވަނަ ދުވަހުއެވެ.
ޕީއެންސީގެ ޓިކެޓުގައި މަޖިލިސް އިންތިހާބުގެ ތުޅާދޫ ދާއިރާއަށް ވާދަކުރުމުން އަލިބެ ކުރިން އޮތީ ފޯމު ހުށަހަޅާފަ އެވެ. އެކަމަކު، އެ ދާއިރާއަށް ކައްޑެ ވާދަކުރަން ނިންމައި ފޯމު ހުށަހެޅުމާއެކު އަލިބެ ވަނީ އޭނާގެ ނަން އަނބުރާ ގެނެސް، މަޖިލިސް ޕްރައިމަރީގައި ކައްޑެއަށް ތާއީދުކުރަން ނިންމާފަ އެވެ.
ކައްޑެވަނީ ނިމިދިޔަ ރިޔާސީ އިންތިހާބު ރައީސް ޑރ.މުހައްމަދު މުއިއްޒަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ގިނަ އަދަދެއްގެ ޒުވާނުންނާއިއެކު ގިނަމަސައްކަތްތަކެއް ދާއިރާގައި ކުރައްވާފައެވެ



ގުޅުންހުރި
އެމްޑީޕީގެ މާލޭގެ މޭޔަރު ޓިކެޓު އާދަމް އާޒިމް ކާމިޔާބުކުރައްވައިފި
ސާފް ފުޓްސަލް މުބާރާތް: ބޮޑު ތަފާތަކުން ބަންގްލަދޭޝް ބަލިކޮށް، ރާއްޖެ އެއްވަނައަށް
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ