އެމްޑީޕީ ސަރުކާރުން އެޅި ފްލެޓާއި ދިން ގޯތި ހަވާލުކުރުން މިހާރު އޮތީ ހުއްޓިފައި ކަމަށާއި އެކަން އަވަސްކުރެވޭނީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް މޭޔަރު ކަމަށް އިންތިހާބުކޮށްގެން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިރޭ މާލޭގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓް ދޫކުރުން މި ސަރުކާރުން ލަސްކުރަމުން އަންނަ ކަމަށެވެ. އަދި އާޒިމް މޭޔަރު ކަމަށް އިންތިހާބުވެއްޖެނަމަ އެކަން އަވަސްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވީ ހިންގުމުގެ ދާއިރާއިން އޭނާ އަކީ ގާބިލް ބޭފުޅެއްކަން އެމްޑީޕީ ސަރުކާރުގައި އާޒިމް ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ.
”އަޅުގަނޑުގެ ތަޖުރިބާގައި އަޅުގަނޑު ކެރިހުރެ މި ދަންނަވަނީ މި ރާއްޖޭގައި މި ވަގުތު އާދަމް އާޒިމަށްވުރެ މި ފަދަ ކަމެއް ކުރަން އެކަށީގެންވާ އެހެން މީހަކު ނެތް. އަޅުގަނޑުމެންގެ ސަރުކާރުގައި އާދަމްއާ ހަވާލުކުރި ކޮންމެ ކަމެއް ކުރައްވައިފައިވަނީ އެންމެ ފުރިހަމައަށް އެންމެ ރަނގަޅަށް،“ ސޯލިހް ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލް މިހާތަނަށް ހިންގަމުން އައި ވަކި ސަރުކާރެއްގެ ގޮތަށް ކަމަށާއި އެކަން ނިމުމަކަށް ގެނެސް ހަގީގީ މާނައިގައި ކައުންސިލް ހިންގަވާނެ ބޭފުޅަކީ އާޒިމް ކަމަށް ސޯލިހު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޒިންމާދާރު ކަމާއެކު ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރުމަށް އެމްޑީޕީން ނުކުންނަންވެއްޖެ ކަމަށެވެ. އަދި އެހެން ނޫނީ ގައުމު ބޮޑު އަނދަވަޅަކަށް ވެއްޓޭނެ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.
އަވަށްޓެރި ގައުމުތަކާ އޮންނަ ޚާރިޖީ ގުޅުންތައް ނެތެމުންދާއިރު، އިގްތިސޯދީގޮތުން ވެސް ރާއްޖެއަށް ގެއްލުން ވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއީ ރިޔާސީ އިންތިހާބަށްފަހު ސޯލިހު ޕޯޑިއަމެއްގައި ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ. އެމަނިކުފާނު މިރޭ ތަކުރާރުކޮށް ވިދާޅުވީ އެމްޑީޕީ ނޫން ޕޯޑިއަމަކުން ދުވަހަކު ވެސް އެމަނިކުފާނު ފެނިވަޑައިނުގަންނަވާނެ ކަމަށެވެ.




ގުޅުންހުރި
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް
އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ، ރަނގަޅު ވާނީ އާ ސިޔާސީ
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ސަރުކާރު ޖަވާބުދާރީކުރުވުމުގައި ހައްގުތަކަށް ބަލައެއް ނުލާ: ނައިބު ރައީސް
މިއީ ”ބަތްކައްކާ“ ސަރުކާރެއް، އެންމެ ގޮނޑިއެއް ވެސް ދޭން ހެޔޮނުވާނެ: އާޒިމް