ރައްޔިތުންގެ ސުވާލުތަކަށް ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަވާބު ދެއްވުމަށް ބާއްވާ ފުރަތަމަ ޕަބްލިކް ފޯރަމް މާދަމާ ރޭ ބާއްވަން ރައީސް އޮފީހުން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވަނީ، ކޮންމެ ތިން މަހުން އެއް މަހަކު ރައްޔިތުންގެ ސުވާލުތަކަށް ސީދާ އެ މަނިކުފާނު ޖަވާބު ދެއްވަން ހާއްސަ ސިލްސިލާއެއް ބާއްވަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ބައިވެރިވެވަޑައިގަންނަވާ ”އަހާ“ ފޯރަމް މާދަމާ ރޭ 8:45 ގައި އޮންނާނެ ކަމަށެވެ. ފޯރަމް އޮންނާނެ ތަނެއް ނުބުނެ އެވެ. ނަމަވެސް އެ ފޯރަމްގައި ސީދާ ރައީސްއާ ސުވާލު ދެންނެވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުންޏެވެ.
ސުވާލު ހުށަހެޅުމަށް AH ހުސްތަންކޮޅެއް ދޫކޮށްލާފަ ސުވާލު ލިޔުމަށްފަހު ފޮނުވަން ޖެހެނީ 300 އަށެވެ.
ރައީސް ވަނީ ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވުމަށް ކޮންމެ ދެ މަހުން އެއް މަހަކު ފޯރަމެއް ބާއްވަވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އެފަދަ ފުރަތަމަ ފޯރަމް މިދިޔަ މަހު 25 ގައި ވަނީ ބާއްވައިފަ އެވެ.

ގުޅުންހުރި
އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީ، ރައީސް ވިދާޅުވީ މިއީ ބިޔަ
ހަންޏާމީދުއަށް އުތުރު އަތަފަރު, ފަތުރުވެރިން ޕިކްނިކް ދާން އަލިކޮއި
ރައީސް އޮމަދުއަށް ވަޑައިގަތުމުގެ ކުރީން އެ ރަށުގެ ބައެއްގެ ގޮތުގައި ތިން
ރައީސް، އދ. އަތޮޅުގެ 10 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހެދުމާ ގުޅޭ ވޯޓުގައި ބޭނުންވާ ވަކި ނަތީޖާއެއް
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން މި މަހު 24ގައި