ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ހަރާކާތްތައް ވާދަވެރިކަމާއެކު ކުރިއަށްގެންގޮސް ސުލްހަވެރިކަމާއެކު ނިންމާލުމަށް އެދިވަޑައިގަންނަވާކަމަށް އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާޙީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފަސް ދުވަސް ފަހުން ބާއްވާ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ޅ. ހިންނަވަރަށް މިއަދު ވަޑައިގެން ސޯލިހު ވިދާޅުވީ މަޖިލިސް އިންތިހާބުގެ ކެމްޕޭން ވާދަވެރި ކަމަށާއި ހުރިހާ ފަރާތްތަކަށްވެސް ދަންނަވާލަން ބޭނުންވަނީ އެއްވެސް ބަޔަކާ ދެކޮޅުނުވެ ސުލްހަވެރިކަމާއެކު ކެމްޕޭން ނިންމާލު ދިނުމަށް ކަމަށެވެ.
”އަޅުގަނޑު ވަރަށް އުފާވޭ ވާދަވެރި އިންތިހާބެއް ކުރިއަށްދާތީ. އެހެންނަމަވެސް އެއިންތިހާބު ކުރިއަށްދާންވާނީ، ހަމަގައިމުވެސް އެމްޑީޕީވެސް އަޅުގަނޑުމެން އެދެނީ ސުލްހަވެރިކަމާއި އެކީގައި. ހަމަޖެހުމާއި އެކީގައި. ވާދަވެރިކޮށްދިޔަ ނަމަވެސް އެއްބަޔަކު އަނެއްބަޔަކާއި ދޭތެރޭ ނަފްރަތެއް، ރުޅިވެރިކަމެއް ނެތި ރީތިކޮށް ގެންގޮސް މި އިންތިހާބުގެ ކެމްޕެއިން ނިންމާލަން“ ސޯލިހު ވިދާޅުވިއެވެ.
ކެމްޕޭން ކުރިއަށް ގެންދިޔުމަށް ދެން އޮތީ މަދު ދުވަސްކޮޅެއް ކަމަށާއި އެހެންކަމުން އެމްޑީޕީން ކުރަންވީ ކަމަކީ ފޯކަސް ގެއްލުވާނުލާ، ޕާޓީގެސިޔާސަތުތައް ރައްޔިތުންނަށް އަންގައި ދިނުމަށްކަމަށް ސޯލިހު ވިދާޅުވިއެވެ.




ގުޅުންހުރި
މަސައްކަތް އަދި މި ފެށުނީ، އެމްޑީޕީން އެކުގައި ނުކުމެ އިންތިހާބު ބޮޑުތަނުން
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ވެރިކަންކުރާ ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،700 މީހުން