ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ދޮގު ދޮލަނގު ގާދޫ ކޮޅުން ބޭރުކުރުމަށް އެމްޑީޕީއަށް ވޯޓު ދެއްވުމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ.
އެމްޑީޕީގެ މަޖިލިސް ކެމްޕޭން ނިންމާލުމަށް މިއަދު ކުރިއަށް ގެންދިޔަ ”މިސްރާބު ހަމަމަގަމަށް ކެމްޕެއިން ޕެރޭޑު“ ގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ރާއްޖޭގައި މިހާރު ބޮޑުވަމުން އަންނަ ބޮޑު ދޮގު ދޮލަނގު ގާދޫކޮޅުން ބޭރު ކުރުމަށް ފެށި ދަތުރެއް ކަމަށެވެ. މިހާރު މި ދަތުރު މިވަނީ ނިމެން ކައިރިވެފައި ކަމަށް ޝާހިދު ވިދާޅުވިއެވެ.
”އާދިއްތަ ދުވަހު ހެނދުނު ހެނދުނާ ނުކުމެވަޑައިގަންނަވާ. 8:00 ޖަހާއިރު ނުކުމެވަޑައިގަންނަވާ، މާއިރާ ނުކުމެވަޑައިގަންނަވާ، މެންދުރު ނަމާދަށް ގޮވަންވާއިރަށް ދޮގު ދޮލަނގު ބޭރުކޮށްލުމަށް އަޅަންޖެހޭ ހުރިހާ ވޯޓެއްް އަޅާ ފޮށިތައް ފުރާލައްވާ“ ޝާހިދު ވިދާޅުވިއެވެ،
”ޑރ. މުއިއްޒުގެ ދޮގު ދޮލަނގު ކުނިވެ ފުޅަ އަޅާފައިވާ ދޮގު ދޮލަނގު ބޭރުކޮށްލައްވާ“
އެމްޑީޕީގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯއްޗާއި ފުލެޓް ފޭރި ގަތުމަށް މި ސަރުކާރުން ދަނީ ތައްޔާރުވަމުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އެކިއެކި ގޮތްގޮތަށް އޮޅުވާލައިގެން ބަހަނާ ދެއްކުމަށްފަހު ގޯއްޗާއި ފުލެޓް ނުދީ ސަރުކާރުން އެ ތިބެނީ މަޖިލިސް އިންތިހާބު ނިމެންދެން ކަމަށް ޝާހިދު ވިދާޅުވިއެވެ. އާދިއްތަ ދުވަހަށްފަހު ކުރީ ސަރުކާރުން ފުލެޓާއި ގޯތި ލިބުނު މީހުން ކަމަށް ކަނޑައެޅި ލިސްޓު ސަރުކާރުން ”އޮޅާލާނެ“ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން އެކަން އެގޮތަށް ކުރުމަށް މާލޭ ރައްޔިތުން ފުރުސަތު ދީގެން ނުވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ގާނޫނަކުން ރައްޔިތުންނަށް ގޯއްޗާއި ފުލެޓް ކަށަވަރު ކޮށްދެއްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ރާއްޖޭގެ މިސްރާބު މިދަނީ ކަސިޔާރުވެ އަނދިރި އަނދަވަޅަކާ ދިމާލަށް ކަމަށާއި އެހެންކަމުން ދެއަތް އުރާލައިގެން ބަލަން ނުތިބެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.




ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ވެރިކަންކުރާ ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،700 މީހުން
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
އެމްޑީޕީގެ ޗެއާޕާސަންކަމަށް ރީކޯ މޫސަގެ ޝައުގުވެރިކަން